ބޭނުންވާ ތަކެތި:
ޖާމުން ތައްޔާރުކުރުމަށް:
3/4 ޖޯޑު (100 ގްރާމް) ފޮނިނޫން މިލްކް ޕައުޑަރު
1/2 ޖޯޑު (60 ގްރާމް) ފުށް
1/2 މޭޒުމަތީ ސަމުސާ ބޭކިން ޕައުޑަރ
2 މޭޒުމަތީ ސަމުސާ ގިތެޔޮ / ބަޓަރު
ކިރު (ފުށްގަނޑު މޮޑެން)
ގިތެޔޮ ނުވަތަ ތެޔޮ، ތެލުލުމަށް
ޝުގަރ ސިރަޕް ތައްޔާރުކުރުމަށް:
2 ޖޯޑު ހަކުރު
2 ޖޯޑު ފެން
2 ފޮނިތޮށި
1/4 މޭޒުމަތީ ސަމުސާ ސެފްރަން (ލިބެންހުރިނަމަ)
1 މޭޒުމަތީ ސަމުސާ ލުނބޯ ހުތް
1 މޭޒުމަތީ ސަމުސާ ރޯސް ވޯޓާ
ތައްޔާރުކުރާނެގޮތް:
ފެން ފޮދު ތެއްޔަކަށް އަޅާލުމަށްފަހު ހަކުރާއި ކާފޫރު ތޮޅި އަދި ފޮނިތޮށިކޮޅު، ސެފްރަން އަޅާލުމަށްފަހު ކައްކަން އުދާލާށެވެ. ހަކުރު ގަނޑު ކުޑަކޮށް އޮލަ ވަންދެން ކައްކާލާށެވެ. އަދި އޮލަވީމަ ރޯސް ވޯޓާ އެއްކޮށްލާށެވެ.
ކިރު، ބަޓަރު ނުވަތަ ގިތެޔޮ، ފުށް އަދި ބޭކިން ފައުޑަރު އަޅާފަ ގުޅަ ހަދާ ލެވޭވަރަށް ރަނގަޅަށް އެއްކޮށް މޮޑެލާށެވެ. އެއަށްފަހު އޭގެން ކުދި ގުޅަ ވަށާލާށެވެ. އަދި ގުޅަވަށާއިރު މާބޮޑަށް ހިކޭގޮތްވާނަމަ އަތުގައި ފެންފޮދެއް ނުނީ ކިރުފޮދެއް ހާކާލާށެވެ. ފުށްގަނޑުން ގުޅަވަށާފަ ނުވަތަ ގުލާބު ޖާމުން ވަށާފަ އޮމާންކޮށްފަ ބަހައްޓާށެވެ.
ތަވާ އުދާފައި ތެޔޮ ނޫނީ ގިތެޔޮ އަޅާލުމަށްފަހު ތެޔޮގަނޑު ރަނގަޅަށް ކެކިގަތީމަ ގުލާބު ޖާމުން އަޅާފަ ރަނގަޅަށް ތެލުލާށެވެ. ގުލާބު ޖާމުންގައި ހޫނުކަން ހުއްޓާ ހަދާފައި ހުރި ހަކުރު ގަނޑު ތެރެއަށް ލާށެވެ. ހިހޫވަންދެން ބަހައްޓާފައި އައިސް އަލަމާރިއަށް ލާށެވެ.


