Tuesday, 28 July 2026

ރޯދަ ބަދިގެ: މެންގޯ މިލްކް ޝޭކް

ބޭނުންވާ ތަކެތި: 

2 ބޮޑު އަނބު (ގާތްގަނޑަކަށް 2 ތަށި ކޮށާފައި ހުރި އަނބު)

1 1/2 ޖޯޑު ކިރު

1 1/2 މޭޒުމަތީ ސަމުސާ ހަކުރު (ނުވަތަ ރަހަލާ ވަރަށް)

2-3 އައިސް ކިއުބްސް، ބޭނުންނަމަ

1 މޭޒުމަތީ ސަމްސާ އާމަންޑް ނުވަތަ ޕިސްތާޝިއޯ

1 ސްކޫޕް އައިސްކްރީމް

 

ތައްޔާރުކުރާނެގޮތް:

އަނބު ދޮވެ، ކޮށާލުމަށްފަހު ބްލެންޑަރގެ ޖަގަށް އަޅާލާށެވެ. ކިރު، ހަކުރު (ރަހަ އަށް ނުވަތަ އަނބުގެ މީރުކަމަށް ބަލައިގެން) އަޅާލާށެވެ. އަދި އައިސްކިއުބް އަޅާލާށެވެ. އޮލަ އަދި ކްރީމީ ވަންދެން ބްލޭންޑްކޮށްލާށެވެ.. ތަށިތަކަށް ތައްޔާރުކޮށްފައިވާ ޝޭކް އަޅައި، މައްޗަށް ކޮށާފައި ހުރި އާމަންޑް ނުވަތަ ޕިސްތާޝިއޯ އާއި އައިސްކްރީމް ސްކޫޕް އަޅައިގެން ގާނިޝްކޮށް ސާވް ކޮށްލާށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *