Tuesday, 28 July 2026

އަޤްޞާ މިސްކިތަށް ވަންނަ ފަލަސްތީނު ރައްޔިތުންނަށް އިސްރާއީލު ސިފައިން ހުރަސް އަޅާނީ

އާދީއްތަ ދުވަހުގެ ރޭ ވަނީ ތަރާވީހު ނަމާދު ކުރުމަށް އެތައް ސަތޭކަ ބަޔަކު އަލްއަޤްޞާ މިސްކިތަށް ވަނުމަށް އިޒްރޭލު ސިފައިން ހުރަސް އަޅައިފިއެވެ.

މަންޒަރު ދުށް މީހުން ބުނި ގޮތުގައި، އަލްއަޤްޞާ މިސްކިތުގެ ދޮރުމަތިން ސިފައިން ވަނީ ރައްޔިތުން ހިފަހައްޓައި، އެމިސްކިތަށް ވަނުމަށް ހުރަސް އަޅާފައެވެ.

އަދި މީގެ ސަބަބުން ތަރާވީހު ކުރުމަށް އަލްއަޤްޞާއަށް ވަންނަން އުޅުނު ޒުވާން ފިރިހެނުންނަށް ހުރަސްއަޅާ، އުމުރުން 40 އަހަރުން މަތީގެ އަންހެނުންނަށް އެކަނި ވަނުމުގެ ފުރުޞަތު ދީފައިވާކަމަށް އެފަރާތްތަކުން ބުނެއެވެ.

އިސްރޭލު ސިފައިން ވަނީ އަލްއަޤްޞާ މިސްކިތް ފަސް މަސް ވަންދެން ހަރުކަށިކޮށް ވަށާލައި އެ މިސްކިތަށް ވަނުމަށް ހުރަސް އަޅާފައެވެ. އަދި ރަމަޟާން މަހު ގުދުސް މީހުން ނަމާދަށް ދިއުން ހުއްޓުވުމަށްޓަކައި ސިފައިން ވަނީ އެމީހުންގެ މައްޗަށް ޑީޕޯޓްކުރުމުގެ އެތައް އަމުރެއް ނެރެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *