އިންޑިއާގެ އެންމެ ދިގު ކޭބަލް ސްޓެޑް ބްރިޖްކަމަށްވާ "ސުދަރްޝަން ސޭތޫ" އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުޅުއްވައިދެއްވައިފި އެވެ.
ގުޖުރާތުގެ ދޭވްބޫމީ ދުއާކާ ޑިސްޓްރިކްޓްގެ ބެއިޓް ދުވާކާ އައިލެންޑާއި މެއިންލޭންޑް އޯކާ ގުޅުވައިދޭ މި ބްރިޖަކީ އަރަބި ކަނޑުގެ އެންމެ ދިގު ކޭބަލް ސްޓޭޑް ބްރިޖެވެ.
ސެންޓްރަލް ޑަބަލް ސްޕެން ކޭބަލް ސްޓޭޑް ބައިގެ 900 މީޓަރުގެ ސަރަހައްދާއި 2.45 ކިލޯމީޓަރުގެ އެޕްރޯޗް ރޯޑެއް ހިމެނޭ ގޮތަށް 2.32 ކިލޯމީޓަރުގެ މި ބްރިޖަކީ 979 ކްރޯޑް ރުޕީސް ޚަރަދުކޮށްގެން ހަދާފައިވާ ބްރިޖެއް އިންޑިޔާގެ ރަސްމީ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
ހަތަރު ލޭނުގެ 27.20 މީޓަރު ފުޅާ މި ބްރިޖުގެ ކޮންމެ ފަރާތެއްގައި ވެސް 2.50 މީޓަރު ފުޅާ ޕޭވްމަންޓް ހުރެއެވެ.
ކުރިން "ސިގްނޭޗާ ބްރިޖް" ގެ ނަމުން ނަން ދީފައިވާ މި ބްރިޖުގެ ނަން މިހާރު ވަނީ "ސުދަރްޝަން ސޭތޫ" ނުވަތަ ސުދަރްޝަން ބްރިޖްގެ ނަމަށް ބަދަލުކޮށްފަ އެވެ.


