އިންޑިއާގެ 75 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ރާއްޖޭގައި ހުންނަ އެގައުމުގެ ހައިކޮމިޝަނުން ރޭ ހޮޓެލް ޖެންގައި ބޭއްވި ހަފުލާއަށް ސަރުކާރުގެ އިސްވެރިން ވަޑައިނުގެންނެވުމުން އާންމުންގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ރޭގެ ހަފްލާގައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހ އާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އިތުރުން އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި މާލޭގެ މޭޔަރު އާދަމް އާޒިމް ބައިވެރިވެވަޑައިގެންފަ އެވެ.
މި ހަފްލާ ޝަރަފުވެރިކޮށްދެއްވުމަށް ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގެން އިންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެރީން އަބްދުލްސަމަދެވެ.
މި ހަފްލާގައި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިނުގެންނެވުމުން އެކަމާއި ގުޅިގެން ސޯޝަލް މީޑިޔާގައި ބައެއް މީހުން ކަންބޮޑުވުންފާޅުކޮށް ފާޑު ކިޔާފައި ވެއެވެ. އޭގެތެރޭގައި އިންޑިޔާއަށް ނިސްބަތްވާ މީހުންވެސް ހިމެނެ އެވެ.
He hates Indian. pic.twitter.com/23eLKRe6OH
— Adam Shareef 🇵🇸 (@mnbcmd) January 29, 2024
ރައީސް އޮފީހުގެ އޮފިޝަލަކާއި ހަވާލާދީ "އަވަސް" އޮންލައިންގައި ބުނެފައިވާގޮތުން ސަރުކާރުގެ އިސްވެރިންނަށް އެ ހަފުލާގައި ބައިވެރިވެވަޑައިނުގެންނެވުނީ ވަގުތު ނުވެގެންނެވެ.


