Tuesday, 27 October 2026

އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފުލާއަށް ސަރުކާރުގެ އިސްވެރިން ބައިވެރި ނުވުމުން ފާޑުކިޔުން

އިންޑިއާގެ 75 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ރާއްޖޭގައި ހުންނަ އެގައުމުގެ ހައިކޮމިޝަނުން ރޭ ހޮޓެލް ޖެންގައި ބޭއްވި ހަފުލާއަށް ސަރުކާރުގެ އިސްވެރިން ވަޑައިނުގެންނެވުމުން އާންމުންގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ރޭގެ ހަފްލާގައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހ އާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އިތުރުން އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި މާލޭގެ މޭޔަރު އާދަމް އާޒިމް ބައިވެރިވެވަޑައިގެންފަ އެވެ.

މި ހަފްލާ ޝަރަފުވެރިކޮށްދެއްވުމަށް ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގެން އިންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެރީން އަބްދުލްސަމަދެވެ.

މި ހަފްލާގައި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިނުގެންނެވުމުން އެކަމާއި ގުޅިގެން ސޯޝަލް މީޑިޔާގައި ބައެއް މީހުން ކަންބޮޑުވުންފާޅުކޮށް ފާޑު ކިޔާފައި ވެއެވެ. އޭގެތެރޭގައި އިންޑިޔާއަށް ނިސްބަތްވާ މީހުންވެސް ހިމެނެ އެވެ.

ރައީސް އޮފީހުގެ އޮފިޝަލަކާއި ހަވާލާދީ "އަވަސް" އޮންލައިންގައި ބުނެފައިވާގޮތުން ސަރުކާރުގެ އިސްވެރިންނަށް އެ ހަފުލާގައި ބައިވެރިވެވަޑައިނުގެންނެވުނީ ވަގުތު ނުވެގެންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *