Friday, 11 September 2026

ޣައްޒާގައި "ކޮންމެ ގަޑިއިރަކު ދެ މައިން ޝަހީދުވޭޭ" – އދ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ އެންމެ ބޮޑު ޝިކާރައަކަށް ވެފައިވަނީ އަންހެނުންނާއި ކުޑަކުދިން ކަމަށާއި، ފަލަސްތީނުގެ ސަރަހައްދުގައި ކޮންމެ ގަޑިއަކު ގާތްގަނޑަކަށް ދެ މައިން ޝަހީދުވެފައިވާ ކަމަށް އދ.ގެ އިދާރާއަކުން ބުނެފި އެވެ.

ޣައްޒާގައި ޝަހީދުވި މީހުންގެ ތެރެއިން 70 އިންސައްތައަކީ އަންހެނުންނާއި އަންހެން ކުދިންކަމަށް އދ. އިން ވަނީ ބުނެފަ އެވެ. އެގޮތުން މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލުން އެ ސަރަޙައްދުގައި ފެށި ހަނގުރާމައަށްފަހު، 16،000 އަށްވުރެ ގިނަ އަންހެނުންނާއި ކުޑަކުދިން ވަނީ ޝަހީދުކޮށްލާފަ އެވެ.

އަދި 10،000 ކުދިންގެ ބައްޕަ ގެއްލިފައިވާއިރު، ގެދޮރު ގެއްލިފައިވާ މީހުންގެ ތެރޭގައި އެއް މިލިއަން އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެއެވެ.

އަންހެނުންނާއި އަންހެން ކުދިންނަށް ރައްކާތެރިކަމާއި ސިއްހީ ފަރުވާ އާއި ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށާއި މިހާރު "ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހިފައިވާ" ކަމަށް ޖިންސީ ހަމަހަމަކަން ޕްރޮމޯޓްކުރާ އެޖެންސީ ޔޫއެން ވިމެން އިން ވަނީ ބުނެފަ އެވެ.

އދ.ގެ ވިމެންގެ އެގްޒެކެޓިވް ޑިރެކްޓަރު ސިމާ ބަހޫސް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ މި 100 ދުވަހުގެ ތެރޭގައި ލިބުނު އަދި ކުރިއަށް އޮތްތަނުގައި ފަލަސްތީނުގެ ރައްޔިތުންނަށް އަންނާނެ ޖެނެރޭޝަނަލް ޓްރޯމާ އެނގޭނަމަ އަހަރެމެން އެންމެން ހިތާމަކުރާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *