ރާއްޖެ އެތެރެކުރަން އުޅުނު 40 ބުލެޓްގެ މަސްތުވާތަކެއްޗާއެކު ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީ ހިތަދޫ އަށް ނިސްބަތްވާ އުމުރުން 47 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރު ކުރުމުން ވަނީ ބަންދަށް 10 ދުވަސް ޖަހާފަ އެވެ.
މި މައްސަލައިގެ ކޯޓު އަމުރުގައި ބުނީ މި މައްސަލައިގައި ތުހުމަތު ކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ.
ހަމަ އެހެންމެ ދައުލަތުގެ ވަކީލުން ފާހަގަކުރާ ގޮތުގައި އޭނާގެ ހަށިގަނޑުން ވަނީ މަސްތުވާތަކެތި ހުރި ކަމަށް ބެލެވޭ 40 ބުލެޓް ބޭރުވެފައެވެ.


