Tuesday, 28 July 2026
ފުލުހުން މީގެކުރިން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް މަސްތުވާތަކެތި

ދިރުވާލައިގެން 40 ބުލެޓްގެ މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރަށް!

ރާއްޖެ އެތެރެކުރަން އުޅުނު 40 ބުލެޓްގެ މަސްތުވާތަކެއްޗާއެކު ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީ ހިތަދޫ އަށް ނިސްބަތްވާ އުމުރުން 47 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރު ކުރުމުން ވަނީ ބަންދަށް 10 ދުވަސް ޖަހާފަ އެވެ.

މި މައްސަލައިގެ ކޯޓު އަމުރުގައި ބުނީ މި މައްސަލައިގައި ތުހުމަތު ކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ.

ހަމަ އެހެންމެ ދައުލަތުގެ ވަކީލުން ފާހަގަކުރާ ގޮތުގައި އޭނާގެ ހަށިގަނޑުން ވަނީ މަސްތުވާތަކެތި ހުރި ކަމަށް ބެލެވޭ 40 ބުލެޓް ބޭރުވެފައެވެ.

 

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *