އިރާގުގެ އުތުރުގައި އޮންނަ ކުރުދީ ސަރަހައްދުގެ އެރްބިލްގެ އުތުރުގައި އޮންނަ ބަހާރްކާގައި ބޮމެއް ގޮއްވާލި ކަމަށް ކުރުދީ މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.
މި ހަމަލާ ދީފައި މިވަނީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން އެރްބިލްގައި ހުންނަ "މޮސާޑް ޖާސޫސީ މައި މަރުކަޒަށް" އަމާޒުކޮށް ދިން ހަމަލާއެއްގެ ޒިންމާ އުފުލިތާ ގަޑިއިރުތަކެއް ފަހުންނެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ)އިން ބުނީ މި ހަމަލާ އަމާޒުކޮށްފައި ވަނީ އީރާނާ ދެކޮޅަށް މަސައްކަތް ކުރާ ޖަމާއަތްތަކަށް ކަމަށެވެ. ނަމަވެސް ކުރުދިސްތާން ސަރަޙައްދުން ވަނީ މި ޖަސްޓިފިކޭޝަން ދޮގުކޮށް، އެރްބިލް އަކީ އަބަދުވެސް ހަމަޖެހޭ ސަރަޙައްދެއްގެ ގޮތުގައި ދެމިއޮތުމުން އެއްވެސް ފަރާތަކަށް ނުރައްކަލެއް ކުރިމަތިނުވާކަމަށް ބުނެފައެވެ.
އަދި މިއީ މި ސަރަހައްދާއި އިރާގުގެ ޑިކްޓޭޓާޝިޕާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށާއި ފެޑެރަލް ސަރުކާރާއި ބައިނަލްއަގުވާމީ މުޖުތަމައު މި ޖަރީމާތަކާ މެދު ހިމޭނުން ތިބެގެން ނުވާނެ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.
އީރާނުން ވަނީ މީގެ ކުރިން ސީރިއާގެ އުތުރުގައި ހުރި ހިސާބުތަކަަށް އަމާޒުކޮށް ވެސް ހަމަލާދީފަ އެވެ.


