Tuesday, 28 July 2026
ރަފާހް ބޯޑަރު ކައިރީ ފަލަސްތީނުގައި ދިރިއުޅޭ އެހެން ޤައުމުތަކުގެ މީހުން ޖަމާވެފަ - ފޮޓޯ/އޭޕީ

ރަފާ ބޯޑަރު ހުރަސްކޮށް ޣައްޒާއަށް ނުވަދެވޭ މައްސަލައިގަ މިސްރުގެ ފާޑު ކިޔުން

ރަފާ ބޯޑަރު ހުރަސްކޮށް ޣައްޒާއަށް އެހީ އެތެރެނުކުރެވޭ މައްސަލައިގަ އިޒްރޭލްގެ "ގޮތްދޫނުކުރުން"ތަކަށް ނުރުހުން ފާޅުކޮށް މިސްރުން ފާޑުކިޔައިފި އެވެ.

މިސްރުގެ ސްޓޭޓް އިންފޮމޭޝަން ސާވިސް (އެސްއައިއެސް)ގެ ޗެއާމަން ދިއާ ރަޝްވާން ވިދާޅުވި ގޮތުގައި ރަފާހާއި އެހެނިހެން ބޯޑަރު ހުރަސްކޮށް ޣައްޒާއަށް އެހީ ނުވަދެވެނީ ހަމައެކަނި އިޒްރޭލުގެ ސަބަބުން ކަމަށެވެ.

ފޭސްބުކްގައި ކުރި އެސްއައިއެސްގެ ޕޯސްޓްގައި ވަނީ މި 100 ދުވަހުގެ ތެރޭގައި، ޣައްޒާގެ އެހެން ސަރަޙައްދުތަކުގައި އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ފަލަސްޠީނުގެ ސަރަޙައްދަށް ދިއުމުގެ ހުއްދަ ނުދިނުމާއި، އެހީ ފޯރުކޮށްދިނުން ލަސްކުރުމުގައި އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުގެ ހަރުކަށިކަމާއި، ގޮތްދޫނުކުރުން އިންތިހާއަށް ގޮސްފައިވާކަމަށެވެ.

ރަޝްވާން އިތުރަށް ވިދާޅުވީ ރަފަހް ކްރޮސިން މިސްރުގެ ފަރާތުން "އެންމެ ހިނދުކޮޅަކަށްވެސް" ބަންދުކޮށްފައި ނުވާ ކަމަށާއި އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން "އެތަން އިންސްޕެކްޓް ކުރުމުގެ ނަމުގައި" އެހީ ގެނައުމަށް ހުރަސް އަޅާ ލަސްކޮށްފައިވާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *