Tuesday, 28 July 2026
އަލްޖަޒީރާގެ ޣައްޒާގެ ބިއުރޯ ޗީފް ވައިލް ދަހްދޫހު – ފޮޓޯ: އިބްރާހިމް އަލް ޙާތިބް / ޔޫޕީއައި

ބޮމާއި، ދުނިޔޭގެ ހަމަހިމޭންކަމުން އަހަރެމެން ދެ ފަހަރެއްގެ މަތިން މަރުވާހެން ހީވޭ: އަލްޖަޒީރާގެ ނޫސްވެރިޔާ

 

"އަހަންނަށް އިހުސާސް ކުރެވެނީ ދެ ފަހަރެއްގެ މަތިން އަހަރެމެން މަރުވަމުންދާހެން: އެއް ފަހަރު ބޮމުން އަދި އެއް ފަހަރު މި ހިމޭންކަމުން،" އަލްޖަޒީރާގެ ޣައްޒާގެ ބިއުރޯ ޗީފް ވައިލް ދަހްދޫހު އެމެރިކާގެ ޓީވީ ނެޓްވޯކް އެމްއެސްއެންބީސީއަށް ދިން އިންޓަވިއުގައި ބުނެފައި ވެއެވެ

މި އިންޓަވިއުގައި ދަހްދޫހު ވަނީ ޣައްޒާގައި ހިނގަމުންދާ ކަންކަން ބެލުމަށާއި އާދައިގެ މީހުންގެ ވާހަކަ ތައް އަޑުއެހުމަށް ބައިޑަންއަށް ގޮވާލައްވާފައެވެ. އަދި މި ހުރިހާ ހަމަނުޖެހުމެއްގައިވެސް އަގު އަދާކުރަންޖެހެނީ ނިކަމެތިންކަމަށް ދަހްދޫހު ވަނީ ވިދާޅުވެފަ އެވެ.

"އިންސާނުންގެ ހައިސިއްޔަތުން، އެމީހުންގެ އިންސާނިއްޔަތު ހިމާޔަތްކުރުމުގެ ހުރިހާ ހައްގެއްވެސް އެމީހުންނަށް ލިބިގެންވޭ. އަދި އެ ހައްޤު ދޭންވެސް ޖެހޭ." ދަހްދޫހު ވިދާޅުވި އެވެ.

މިދިޔަ ހަފުތާގައި އިޒްރޭލުން ދިން މިސައިލް ހަމަލާއެއްގައި ޝަހީދުވި އޭނާގެ ދަރިފުޅު ހަމްޒާގެ އިތުރުން ދަހުދޫހުގެ އާއިލާގެ ގިނަ ބަޔަކު ވަނީ ޝަހީދުވެފަ އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު އިސްރާއީލުން ދިން ހަމަލާއެއް ނުސީރަތު ރެފިއުޖީ ކޭމްޕްގައި ދަހުދޫހްގެ އާއިލާ ހިޔާވަހިކަން ހޯދަމުން ދިޔަ ގެއަށް އަމާޒުވެ ދަހުދޫހުގެ އަންހެނުން އަމްނާ އާއި ދަރިފުޅު މަހްމޫދު، 15، އާއި އަންހެން ދަރިފުޅު ޝާމް، 7، އަދި ދައްތަ އާދަމް، 1، ވަނީ ޝަހީދުވެފަ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *