ވަށާލާފައިވާ ފަލަސްތީނުގެ އެންކްލޭވްގެ ދެކުނުގައި ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދީފައި ވަނިކޮށް، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޣައްޒާއަށް ވަނުމުގެ ފުރުސަތު ނެތުމުން އދ.ގެ ސިއްހަތާ ބެހޭ އިދާރާއިން އެކަން ކުށްވެރިކޮށްފި އެވެ.
ޖެނީވާގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް ގެބްރިޔޭސުސް ވިދާޅުވީ ޣައްޒާއަށް އެހީ ފޯރުކޮށްދިނުމުގައި އަދިވެސް ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށެވެ.
"ސަޕްލައިތަކާއި ޓީމްތަކާއި ޕްލޭންތައް އެބަހުރި. އަޅުގަނޑުމެންނަށް ނުލިބެނީ އެތަނަށް ވަނުމުގެ ހުއްދަ" ޣައްޒާގެ ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އދ އާއި އެ ޖަމާއަތުގެ ބައިވެރިން ތިބީ މުޅިން ތައްޔާރަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ތަކުރާރުކޮށް ދެކޮޅު ހަދަމުން ދަނީ ޣައްޒާގެ އެތެރޭގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އދ.ގެ އެހީދޭ ޓީމުތަކަށް ހުއްދަ ދިނުމަށެވެ.
"އިންސާނީ އެހީ ފޯރުކޮށްދިނުމަށް ޑަބްލިއުއެޗްއޯ އާއި އެ ޖަމިއްޔާގެ ބައިވެރިންގެ ވަނުމަށް ރުހުން ދިނުމަށް އިޒްރޭލަށް ގޮވާލަން،" ގެބްރިޔޭސުސް ވިދާޅުވި އެވެ.
އިޒްރޭލުގެ ކޯޑިނޭޝަން އޮފް ގަވަމެންޓް އެކްޓިވިޓީސް އިން ދަ ޓެރިޓަރީސް (ކޯގަޓް) އިން ތަކުރާރުކޮށް ވަނީ ހަލުވި ދުވެލީގައި ސަޕްލައި ފޯރުކޮށްނުދެވޭ ކަމަށް ބުނެ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ކުށްވެރި ކޮށްފައެވެ. ކޮގަޓްގެ ވެރިޔާ މޯޝޭ ޓެޓްރޯ ބުދަ ދުވަހު ވަނީ އިސްރާއީލުގެ އެންކްލޭވްއަށް އެހީ ފޯރުވުމަށް ހުރަސްއެޅުން ހުއްޓާލުމަށް ގޮވާލާފަ އެވެ.
އޭގެ ބަދަލުގައި ޑަބްލިއުއެޗްއޯއިން ފަލަސްތީނުގެ ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ރިޗަޑް ޕީޕަރކޯން ވިދާޅުވީ، އދ. "ޣައްޒާއަށް ވަނުމަށް އިތުރު މަގުތަކެއް އޮންނަންޖެހޭ ކަމަށާއި، ޣައްޒާގެ ތެރޭގައި ވެސް މަސައްކަތް ކުރަން ޖެހޭކަމަށެވެ. ހަނގުރާމަ ހުއްޓާނުލެވުނު ހާލަތުގައި ވެސް އިންސާނީ ހައްގުތައް ފޯރުކޮށްދެވެންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އދ.ގެ ސިއްހަތާ ބެހޭ އިދާރާއިން ބުނީ ޣައްޒާގެ އުތުރުގައި ހުންނަ އިންސާނީ އެހީގެ ހަ މިޝަން ކެންސަލްކޮށްފައިވާ ކަމަށާއި، ސިއްހީ ނިޒާމު މުޅިން ފުނޑުފުނޑުވެފައިވާ ދަނޑިވަޅެއްގައި ހާލަތު އެންމެ ބޮޑަށް ގޯސްވެފައިވާ ކަމަށެވެ.
"ހުއްދަ ނުލިބިއްޖެ ނަމަ ހަރަކާތެއް ނުކުރެވޭނެ، އަޅުގަނޑުމެންގެ ރިކުއެސްޓްތައް ތަކުރާރުކޮށް ރިޖެކްޓް ކުރީ،" ޕީޕާކޯން ވިދާޅުވި އެވެ.
ޣައްޒާގެ ތިންބައިކުޅަ އެއްބައި ހޮސްޕިޓަލްތައް މުޅިން ބައިބައިކޮށް ހިންގަމުންދާއިރު، ޣައްޒާގެ ދެކުނުގެ އަދި މެދުތެރޭގެ ހޮސްޕިޓަލްތަކުގެ ޚިދުމަތް ތައް ހުއްޓިދާނެކަމުގެ ކަންބޮޑުވުން އެބައޮތެވެ. ޣައްޒާގެ މެޑިކަލް ސްޓާފުންނާއި ބަލިމީހުން މެޑިކަލް ފެސިލިޓީތަކުން ފިލައިގެން ހިނގައިދާނެކަމުގެ ކަންބޮޑުވުން ޑަބްލިއުއެޗްއޯގެ އޮފިޝަލުން އަންގާރަ ދުވަހު ވަނީ ފާޅުކުރައްވާފައެވެ.
އިވެކުއޭޝަން ޒޯންތަކުގެ ކައިރީގައި ހުންނަ ތިން ހޮސްޕިޓަލެއް ކަމަށްވާ ޔޫރަޕިއަން ގާޒާ ހޮސްޕިޓަލާއި ނާސިރު މެޑިކަލް ކޮމްޕްލެކްސް އަދި އަލް އަޤްޞާއިން ދަނީ ގާތްގަނޑަކަށް ދެ މިލިއަން މީހުންނަށް ލައިފްލައިނެއް ފޯރުކޮށްދެމުންނެވެ.
މިދިޔަ ބުދަ ދުވަހު އިސްރާއިލުން ވަނީ ޣައްޒާގެ މެދުތެރޭގައި ހުންނަ އަލް އަޤްޞާ ހޮސްޕިޓަލް ކުރިމަތީގައި ބޮން ގޮއްވާލާފަ އެވެ. ފަހަކަށް އައިސް އެ ކޮމްޕައުންޑްގެ ވަށައިގެންވާ ސަރަހައްދަށް ވަނީ ވަރަށް ބޮޑަށް ވީރާނާވެފަ އެވެ.
ޣައްޒާގައި ހުންނަ ޑަބްލިއުއެޗްއޯގެ އިމަޖެންސީ މެޑިކަލް ޓީމްތަކުގެ ކޯޑިނޭޓަރު ޝޯން ކޭސީ ވަނީ ޣައްޒާގެ އިތުރު މެޑިކަލް އިންފްރާސްޓްރަކްޗާ ގެއްލޭނެ ކަމުގެ އިންޒާރު އަންގާރަ ދުވަހު ދީފަ އެވެ.
އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި މިހާތަނަށް 23،357 މީހުން ޝަހީދުވެ، 59،410 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ފަލަސްތީނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.


