Monday, 26 October 2026

ޖަރުމަނުވިލާތުން ދިވެހިރާއްޖޭގައި ހުންނަ އެ ޤައުމުގެ އޮނަރަރީ ކޮންސުލްގެ އޮފީސް ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފި

މާލެ: ޖަރުމަނުވިލާތުގެ ފެޑަރަލް ފޮރިން އޮފީހުން، ރާއްޖޭގައި ހުންނަ އެ ޤައުމުގެ އޮނަރަރީ ކޮންސުލްގެ އޮފީސް ވަކި މުއްދަތެއް ނެތްގޮތަށް ބަންދުކޮށްފައިވާކަން އިޢުލާނުކޮށްފިއެވެ. މި ނިންމުމާއެކު، ކޮންސިއުލަރ އެހީތެރިކަމަށް ބޭނުންވާ ކަންކަން ދެން ބަލަހައްޓަމުންދާނީ ކޮލަމްބޯގައި ހުންނަ ޖަރުމަނު އެމްބަސީ މެދުވެރިކޮށެވެ.

އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހު ޖަރުމަނުގެ ފޮރިން އޮފީހުން ނެރުނު ނޯޓިސްއެއްގައި ބުނެފައިވަނީ، ރާއްޖޭގައި މިވަގުތު ޖަރުމަނުވިލާތުގެ އެއްވެސް މަންދޫބެއް ނެތުމުގެ ސަބަބުން އެމްބަސީއަށް މިވަގުތު ދެވޭނީ ހަމައެކަނި އިރުޝާދު ކަމަށެވެ. އަދި ރާއްޖެއަށް ދަތުރުކުރާ ފަރާތްތަކުން ދަތުރުތައް ރާވާއިރު މިކަމަށް ސަމާލުވުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ކޮންސިއުލް އޮފީސް ބަންދުކުރުމާ ގުޅިގެން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވައި، އޮނަރަރީ ކޮންސުލް އައްޔަންކުރުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ފާޑުވިދާޅުވެފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރުން ބޭނުންވަނީ މިހާރު ހުންނެވި އޮނަރަރީ ކޮންސުލްގެ ބަދަލުގައި ސަރުކާރުން ބޭނުންވާ ބޭފުޅަކު އެ މަޤާމަށް އައްޔަންކުރަން ކަމަށާއި، ނަމަވެސް އެކަމާމެދު ޖަރުމަނު ސަރުކާރުގެ ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *