Friday, 11 September 2026
މާލެ ސިޓީ

ގޭސް ލީކުވި ހާދިސާއެއްގައި އަންހެނަކު މަރުވެއްޖެ

ވެރިރަށް މާލޭގެ ދިރުކުށި ގޯޅި (ސްކޫޕް ގޯޅި ސަރަޙައްދު) ގައި ހުންނަ ގެއެއްގައި ގޭސް ލީކުވި ހާދިސާއެއްގައި އަންހެނަކު ނިޔާވެ، ކުޑަކުއްޖަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

މި ހާދިސާއާ ގުޅިގެން އެ އަންހެން މީހާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންދިޔައިރުވެސް ވަނީ މަރުވެފައި ކަމަށް މައުލޫމާތު ލިބެއެވެ.

އަދި މި ހާދިސާގައި އަނިޔާވި ކުޑަކުއްޖާ ފުރަތަމަ އައިޖީއެމްއެޗަށް ގެންދިއުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

މި ހާދިސާއާ ގުޅޭގޮތުން ނުވަތަ މީހާ މަރުވާން މެދުވެރިވި ސީދާ ސަބަބާ ގުޅޭގޮތުން ރަސްމީ އެއްވެސް އިދާރާއަކުން އަދި ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *