Wednesday, 26 August 2026
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން

ބިދޭސީ މަސައްކަތްތެރިންގެ މުސާރަ ރާއްޖޭގައި ހިންގާ ބޭންކެއްގެ ބޭންކު އެކައުންޓަށް ޖަމާކުރަން ޖެހޭގޮތަށް ލާޒިމުކޮށްފި

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ މުސާރަ ރާއްޖޭގައި ހިންގާ ބޭންކެއްގެ ބޭންކު އެކައުންޓަށް ޖަމާކުރަން ޖެހޭ ގޮތަށް ދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް ބަދަލު ގެނެސްފި އެވެ.

ހޯމް މިނިސްޓްރީން މިއަދު ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވައިދަށް ގެނައި އިސްލާހުގައި ވަނީ، އެ ގަވައިދުގެ 58 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކޮށްފައެވެ.

އެ އިސްލާހު ބުނާ ގޮތުން، ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ ބިދޭސީ މުވައްޒަފުންނަށް، ވަޒީފާގެ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ މުސާރަ ޖަމާކުރަން ޖެހޭނީ އެމްއެމްއޭގައި ރަޖިސްޓްރީކޮށްފައިވާ ނުވަތަ އެމްއެމްއޭން ހުއްދަ ދީފައިވާ ބޭންކެއްގައި، އެ މުވައްޒަފެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓަކަށެވެ.

މި ގަވައިދަށް އަމަލުކުރަން ފަށާނީ، މިއަދުން ފެށިގެން 30 ދުވަހުގެ ފަހުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *