މިފަހަރު 4،000 އަށް ވުރެ ގިނަ ދިވެހީން އުމްރާގެ އަޅުކަން އަދާކުރުމަށް ދިޔަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މީޑިއާތަކާ މިރޭ ހިއްސާކުރި މެސެޖެއްގައި ވަޒީރު ވިދާޅުވީ، މި ދުވަސްކޮޅު އެކި އެކި ޖަމާއަތްތަކުގައި އުމްރާއަށް ގޮސްފައިވާ ދިވެހިންގެ އަދަދު 4،000 އަށްވުރެ ގިނަ ކަމަށެވެ. އަދި އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި އަހަރުގެ ސްކޫލު ފުރަތަމަ ޗުއްޓީ އާއި ދިވެހިރާއްޖޭގެ މިނިވަން ދުވަސް ކަމަށްވާ ޖުލައި 26 ގެ ބަންދާ ދިމާކޮށް، ގިނަ އަދަދެއްގެ ދިވެހީން އުމްރާގެ އަޅުކަމަށް ސައޫދީ އަރަބިއްޔާއަށް ދާން ވަނީ ފަށައިފައެވެ.
ފާއިތުވި ސްކޫލް ބަންދުގައި ވެސް 7،000 އަށްވުރެ ގިނަ ދިވެހިން ވަނީ އުމްރާގެ އަޅުކަން ފުރިހަމަކޮށްފައެވެ.


