Tuesday, 28 July 2026
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ފަތުރުވެރިންތަކެއް ފުރަން ތައްޔާރުވެފަ - ފޮޓޯ: ވަން އޮންލައިން

އިނގިރޭސި ވިލާތުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ނުވަދިހަ އިން މައްޗަށް

އިނގިރޭސި ވިލާތުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ނުވަދިހަ ބަހުން މައްޗަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 1148929 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެއެވެ. މީގެ ތެރެއިން 8.1 އިންސައްތަ ފަތުރުވެރިންނަކީ އިނގިރޭސިވިލާތަށް ނިސްބަތްވާ ފަތުރުވެރިންނެވެ . އެ ގައުމުން ރާއްޖެއަށް 91196 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ.

އިނގިރޭސި ވިލާތް އޮތީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ލިސްޓުގެ ތިންވަނައިގައެވެ. މި ލިސްޓުގެ އެއްވަނައިގައި އޮތް ޗައިނާއިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 188375 ފަތުރުވެރިންނެވެ. ދެވަނައިގައި އޮތް ރަޝިޔާއިން ޒިޔާރަތް ކޮށްފައިވަނީ 163236 ފަތުރުވެރިން ނެވެ.

ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރި ތަންތަނަށް ބަލާއިރު، 815316 ފަތުރުވެރިން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްފައިވެއެވެ. މީގެ އިތުރުން ގެސްޓްހައުސްތަކުގައި 257574 ފަތުރުވެރިން އަދި ހޮޓެލްތަކުގައި 26,960 ފަތުރުވެރިން ވަނީ މަޑުކޮށްފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *