Tuesday, 28 July 2026
ރައީސް އޮފީސް---ފޮޓޯ: ރައީސް އޮފީސް

ޚަރަދު ކުޑަކުރުމުގެ ގޮތުން މިނިވަން ދުވަހުގެ ރަސްމީ ބައްދަލުކުރެއްވުން މިއަހަރުވެސް ނުބާއްވަން ނިންމައިފި

ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރަކު ބާއްވަމުން އަންނަ ރަސްމީ ބައްދަލުކުރެއްވުން، މި އަހަރުވެސް ނުބޭއްވެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މި ނިންމެވުމަކީ ދައުލަތުގެ ޚަރަދުތައް ކުޑަކުރެއްވުމަށްޓަކައި ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ތެރެއިން ނިންމެވި ނިންމެވުމެކެވެ.

މިނިވަން ދުވަހުގެ ރަސްމީ ބައްދަލުކުރެއްވުމަކީ އާންމުކޮށް ގިނަ އަދަދެއްގެ ބޭފުޅުންނަށް ދައުވަތު އަރުވައިގެން ބާއްވާ ބޮޑު ހަފްލާއެކެވެ. ނަމަވެސް، އިޤްތިޞާދީ ގޮތުން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އިސްކަންދިނުމުގެ ގޮތުން، މިދިޔަ އަހަރުވެސް މި ބައްދަލުވުން ބާއްވާފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

މިނިވަން ދުވަހުގެ ރަސްމީ ބައްދަލުކުރެއްވުން ނުބޭއްވި ކަމުގައިވިޔަސް، ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާ ކުރިއަށްދާނެއެވެ. މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިނިވަން ދުވަހުގެ ހެނދުނު 09:00 ގައި، ޒުވާނުންގެ މަރުކަޒުގެ މާލަމުގައެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ތަޤުރީރު ކުރައްވާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *