Tuesday, 28 July 2026
ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހް -- ފޮޓޯ: ސަން

ފުލުހުންގެ ހޯމިސައިޑް އެންޑް ޑެތު އިންވެސްޓިގޭޝަން ޔުނިޓުގެ އިސްވެރިޔަކަށް ސާމިހު އަލުން ހަމަޖައްސައިފި

ދިވެހި ފުލުހުންގެ ހިދުމަތުގެ ހޯމިސައިޑް އެންޑް ޑެތު އިންވެސްޓިގޭޝަން ޔުނިޓުގެ އިސްވެރިޔާގެ މަގާމަށް، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހު އަލުން ހަމަޖައްސައިފިއެވެ.

މީގެ ކުރިން ސާމިހް އެ މަގާމުގައި ހުންނަވަނިކޮށް، އެ މަގާމުން ދުރުކުރީ، މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 18ވަނަ ދުވަހު، އުމުރުން 21 އަހަރު ހައްވާ ޔުމްނު، ހ. ފެންޓޯނިއާގެއާ ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު މައްސަލަ ފުލުހުން ތަހުގީގު ކުރި ގޮތާ ގުޅޭ ގޮތުން ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

އޭގެ ފަހުން މިދިޔަ އަހަރުގެ މޭ މަހުން ފެށިގެން ސާމިހު ހުންނެވީ ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ ދަށުން ހިންގާ އިންވެސްޓިގޭޝަން ކޮލިޓީ ކޮންޓްރޯލް އެންޑް ކޮމްޕްލިއަންސްގެ ޒިންމާތަކުގައެވެ.

ނަމަވެސް، އަހަރެއްހާ ދުވަހަށްފަހު އޭނާ އަލުން ހޯމިސައިޑް ޔުނިޓާ ހަވާލުވީ، ފުލުހުންގެ އިދާރީ އޮނިގަނޑަށް ގެނެވުނު ބައެއް ބަދަލުތަކާ ގުޅިގެންނެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *