ސައިކަލަކާއި ލޮރީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، އަނިޔާވި މީހާ ނިޔާވެއްޖެ އެވެ.
ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓް ހިނގީ މިއަދު ހަވީރު މާލެ، ބޮޑުތަކުރުފާނު މަގުގަ އެވެ. ފުލުހަށް ރިޕޯޓްކޮށްފައިވަނީ ހަވީރު ހަތަރެއް ޖަހަން ތިން މިނެޓަށް ވެފައި ވަނިކޮށެވެ.
އަނިޔާވި މީހަކު އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
ނިޔާވީ 39 އަހަރުގެ ދިވެހި ފިރިހެނެކެވެ. އިތުރު ތަފްސީލެއް ފުލުހުން އަދި ނުދެ އެވެ.


