Tuesday, 28 July 2026
"ކުރިމަގު" ދޯނި އަޑިއަށް ދަނީ --

މާލޭ ޓީޖެޓީގައި އޮތް ދޯންޏެއް އަޑިއަށް ގޮސްފި

މާލޭ ޓީޖެޓީ ސަރަހައްދުގައި އޮތް ދޯންޏެއް އަޑިއަށް ގޮސްފިއެވެ.

ފުލުހުން ބުނިގޮތުގައި މި ދޯނި އަޑިއަށް ދާކަމުގެ މައުލޫމާތު ލިބުނީ މިރޭ 19:31 އެހައިކަންހާއިރުއެވެ. އަދި މި ހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި، "ކުރިމަގު" ނަމަކަށް ކިޔާ މި ދޯނި އަޑިއަށް ގޮސްފައިވަނީ މުދާ ބަރުކޮށްގެން ވ. އަތޮޅަށް ދިއުމަށް ޓީޖެޓީން ނުކުތް ވަގުތު ދިޔަވާން ފެށުމުން، އަނބުރާ ބަނދަރަށް ވަތް ފަހުން ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް ދޯނީގައި ހުރި މުދަލަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާނެ ކަމަށް ބެލެވެއެވެ.

އަޑިއަށް ދިޔަ ދޯނި ފުންކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މި މަސައްކަތުގައި އެމްއެންޑީއެފް އާއި އެމްޕީއެލްގެ އިތުރުން ދޯނީގެ ވެރިފަރާތުން ވެސް ބައިވެރިވަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *