Tuesday, 28 July 2026

ފަތިހު 5:30 އިން ރޭގަނޑު 12:00 ޖަހަންދެން މާލޭގެ ޕާކުތައް ހުޅުވަން ނިންމައިފި

ފަތިހު 5:30 އިން ރޭގަނޑު 12:00 ޖަހަންދެން މާލޭގެ ޕާކުތައް ހުޅުވާފައި ބަހައްޓަން މާލެ ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ޖަލްސާގައި މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ ކައުންސިލަރު ހުސައިން ފުރުޝާން ހުށަހެޅުއްވީ ޕާކުތައް ބަންދުނުކުރުމަށެވެ. ބަންދުނުކޮށް، ފުލުހުންނާ މަޝްވަރާކޮށްގެން ސެކިއުރިޓީ ވަރުގަދަކުރުމަށެވެ.

އެހެން ނަމަވެސް 24 ގަޑިއިރު ޕާކުތައް ހުޅުވާލާނަމަ މި ވަގުތު ބަލަހައްޓަން ހުންނާނެ ދަތިތަކާއި، ކުށުގެ ވެއްޓަށް އެ ކަމުގެ ސަބަބުން މަގުފަހިވެދާނެތީ އެ ކަމުގެ ކަންބޮޑުވުންތައް ބައެއް ކައުންސިލަރުން ފާހަގަކުރެއްވި އެވެ.

އެ ކަންކަމާ މެދު ކައުންސިލަރުން މަޝްވަރާކުރެއްވުމަށްފަހު މާފަންނު ދެކުނު ދާއިރާގެ އެމްޑީޕީގެ ކައުންސިލަރު އިބްރާހީމް ލަބާން ޝަރީފް ހުށަހެޅުއްވީ މިހާރު ހުޅުވާފައި ހުންނަ ވަގުތުތައް އިތުރުކުރުމަށެވެ. އެ ގޮތުން ހުށަހެޅުއްވީ ފަތިހު 5:30 އިން ފެށިގެން ރޭގަނޑު ދަންވަރު 12:00 ޖެހުމާ ހަމައަށް ހުޅުވާފައި ބޭއްވުމަށެވެ.

ކައުންސިލަރު ލަބާންގެ ހުށަހެޅުއްވުން ފާސްކުރީ ކައުންސިލަރުންގެ އަގުލަބިއްޔަތުންނެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *