Tuesday, 28 July 2026
އެސްޓީއޯ ފާމަސީ -- ފޮޓޯ: ދިޔަރެސް

އެސްޓީއޯގެ ފާމަސީތައް މިއަދުން ފެށިގެން 3 ދުވަހަށް ބަންދުކޮށްފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ދަށުން ހިންގަމުން އައި ބޭސްފިހާރަތައް، އަލަށް އުފެއްދި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން ލިމިޓެޑަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތުގެ ތެރެއިން ކުރަންޖެހޭ އިދާރީ މަސައްކަތްތަކާއި އިންވެންޓްރީ ގުނުމަށްޓަކައި، މި މަހުގެ 24 އިން 26 އަށް އެސްޓީއޯގެ ހުރިހާ ފާމަސީތަކެއް ބަންދުވާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެސްޓީއޯއިން މައުލޫމާތު ދޭ ގޮތުގައި، ފާމަސީތައް ބަންދުކޮށްފައި ހުންނަ މުއްދަތުގައި ވެސް ކުއްލި ހާލަތްތަކުގައި ބޭސް ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތް ލިބޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.

މި ބަދަލާއެކު، އެސްޓީއޯގެ ފާމަސީތަކުގައި މަސައްކަތް ކުރަމުންދާ 500 އަށްވުރެ ގިނަ މުވައްޒަފުން އާ ކުންފުންޏަށް ބަދަލުވެގެންދާނެއެވެ. މީގެ ފަހުން ރާއްޖެއަށް ބޭނުންވާ ބޭސް އެތެރެކުރުމާއި، ރަށްރަށަށް ބޭސް ފޯރުކޮށްދިނުމުގެ އެންމެހައި ޒިންމާތަކެއް އުފުލާނީ އަލަށް އުފެއްދި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަނުންނެވެ.

މި ކުންފުންޏަކީ ރާއްޖޭގައި ބޭސް ނުލިބުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން އުފެއްދި ކުންފުންޏެކެވެ. ކުންފުނި އުފެއްދިތާ ހަ މަސް ފަހުން މިހާރު ވަނީ ރާއްޖެއަށް ބޭސް އެތެރެކުރުމުގެ މަސައްކަތް ވެސް ރަސްމީކޮށް ފަށާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *