ފިހާރައަކުން އައިނެއް ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ މީހަކު ފާހަގަނުވެގެން ފުލުހުން އެ ކަން މިއަދު އިއުލާންކޮށްފި އެވެ.
އެ މީހާ މާލޭގެ އައިނު ފިހާރައަކުން އައިނެއް ވަގަށް ގެންދާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖު ވީޑިއޯ އެއް ފުލުހުން މިއަދު ވަނީ އާންމުކޮށްފަ އެވެ.
ފުލުހުން ބުނި ގޮތުގައި އެއީ ހޯދަން ބޭނުންވެ، އެ މީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެކެވެ.
ވީމާ، ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ މާފަންނު ޕޮލިހުގެ ނަންބަރު 9660183 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދިފައިވެ އެވެ.
މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.


