Tuesday, 28 July 2026
ފުރުޤާން މިސްކިތުގެ ކުޑަދޮރަށް ގެއްލުންދީފައި -- ފޮޓޯ: މާލެ ސިޓީ ކައުންސިލު

ފުރުގާނު މިސްކިތުގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައެއް ފުލުހުން ބަލަން ފަށައިފި

މާލޭގައި ހުންނަ މަސްޖިދުލް ފުރުގާން (ފުރުގާނު މިސްކިތް) ގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލާފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނި ގޮތުގައި ފުރުގާނު މިސްކިތުގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލާފައިވާ ކަމުގެ ރިޕޯޓު ލިބިފައިވަނީ ރޭ ފަތިހު 4:10 އެހައިކަންހާއިރު ކަމަށެވެ. މި ހާދިސާއާ ގުޅިގެން މިސްކިތުގެ ދޮރަށް ވަނީ އެކި ވަރުގެ ގެއްލުންތައް ލިބިފައެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ނަމަވެސް، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، މިކަން ކުރި ބަޔަކު ހޯދުމަށްޓަކައި ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *