Wednesday, 29 July 2026

ފަރުކޮޅުފުށީގައި ހިންގި މާރާމާރީއެއްގައި ދެ މީހަކަށް އަނިޔާވެއްޖެ

ހުޅުމާލެ ފޭސް 2 ގެ ފަރުކޮޅުފުށި ހިއްކި ބިމުގައި ރޭ ހިންގި މާރާމާރީއެއްގައި ދެ މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދީފިއެވެ. ފުލުހުންނަށް މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ ރޭ އިރުއޮއްސި 18:37 އެހާކަންހާއިރުއެވެ.

މި މާރާމާރީގައި އަނިޔާވި ދެ މީހުންނަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދީފައިވާއިރު، އެއްވެސް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ ދެ މީހުންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

މި ހާދިސާގައި ހިމެނެނީ 21 އަހަރުގެ ފިރިހެނަކާއި 34 އަހަރުގެ ފިރިހެނެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަމަލާ އަމާޒުވެފައިވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިސްމާއިލް އަބްދުއްރަޙްމާނަށެވެ.

ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. ނަމަވެސް މި މާރާމާރީ ހިންގަން މެދުވެރިވި ސަބަބާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *