Tuesday, 28 July 2026
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެޅި ފްލެޓެއް -- ފޮޓޯ: މިހާރު

ބޯހިޔާވަހިކަމަށް އެދި ހުށައެޅި ފަރާތްތަކުގެ ކްރޮސް ވެރިފިކޭޝަންގެ މަސައްކަތް ފަށައިފި

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމަށް އެދި ހުށައެޅި ފަރާތްތަކުގެ ކްރޮސް ވެރިފިކޭޝަންގެ މަސައްކަތް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.

ޖޫން 15 ވަނަ ދުވަހާ ހަމައަށް މި ފުރުޞަތުގެ މުއްދަތު ހަމަވީއިރު، ބައިލައްކައަށްވުރެ ގިނަ މީހުން ވަނީ ގޯއްޗަށާއި ފްލެޓަށް އެދި އެޕްލިކޭޝަން ހުށައަޅާފައެވެ. މީގެ ތެރޭގައި ފްލެޓަށް އެދި ހުށައެޅި 35,900 އަށްވުރެ ގިނަ ފޯމާއި، ގޯއްޗަށް އެދި ހުށައެޅި 22,000 އަށްވުރެ ގިނަ ފޯމު ހިމެނެއެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރިގޮތުގައި ވެރިފިކޭޝަންގެ މަރުޙަލާގައި ފޯމުތަކުގައި ހިމެނޭ މަޢުލޫމާތުތައް ދައުލަތުގެ އެކި އިދާރާތަކުގައި ހުރި މަޢުލޫމާތާ އަޅާކިޔައި ޔަޤީންކުރާނެއެވެ. އޭގެ ތެރޭގައި މާލޭގައި ދިރިއުޅުނު މުއްދަތު ފަދަ މުހިއްމު ތަފްސީލުތައް ކަށަވަރުކުރުން ހިމެނޭއިރު، ގިނަ އަދަދެއްގެ އެޕްލިކޭޝަން ހުށައަޅާފައިވުމުން މި މަސައްކަތަށް އެކަށީގެންވާ ވަގުތު ނަގާނެ ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ތެރޭގައި ހައުސިންގ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފަށައި، ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި އާންމުންނަށް ވަގުތުން އެތަންތަނަށް ވަދެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *