Tuesday, 28 July 2026
އދ.ގެ ޕެނަލް ޑިސްކަޝަންގައި ޑރ. ސަލްމާ ރަޝީދު ވާހަކަ ދައްކަވަނީ -- ފޮޓޯ: މޯލްޑިވްސް އިން ޖެނެވާ

މޫސުމީ ކާރިސާތަކަށް ދޫކުރާ އެހީ ބޮޑުކުރަން ރާއްޖޭން ގޮވާލައިފި

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި ގެއްލުމެއް ލިބިނުދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް އެ ކަމަށް ދެވޭ އެހީ ބޮޑުކުރުމަށް ދިވެހިރާއްޖޭން އެކުވެރި ދައުލަތްތައް (އދ.) ނުވަތަ ޔުނައިޓެޑް ނެޝަންސް (ޔޫއެން)ގައި ގޮވާލައިފި އެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އިންސާނީ ހައްގުތަކަށް ކުރާ ނޭދެވޭ އަސަރުތަކާ ބެހޭ ގޮތުން ބޭއްވި އަހަރީ ޕެނަލް ޑިސްކަޝަންގައި، އދ.ގައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވިދާޅުވީ ރާއްޖެ ހިމެނޭ ގޮތަށް ނާޒުކު ގައުމުތަކަށް ދިމާވެފައިވާ ބޮޑެތި ގޮންޖެހުންތަކަށް އެހީ ބޭނުންވާ ކަމަށެވެ.

ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް މަލްޓިޑައިމެންޝަނަލް ވަލްނަރެބިލިީ އިންޑެކްސް (އެމްވީއައި) ބަލައިގަންނަން ސަލްމާ ގޮވާލެއްވި އެވެ.

އެމްވީއައި އަކީ އިގްތިސޯދީ، ތިމާވެށި، އަދި އިޖުތިމާއީ ގޮތުން ކުރިމަތިވާ ނުރައްކާތަކުން އަރައިގަތުމަށް ގައުމެއްގެ ނާޒުކުކަމާއި ގާބިލުކަން ހުރި މިންވަރު ދެނެގަތުމަށް އދ.ން އެކުލަވާލާފައިވާ ބައިނަލްއަގުވާމީ މިންގަނޑެކެވެ.

އެ މިންގަނޑު ބަލައިގަތުމުގެ އިތުރުން އެ މިންގަނޑުގައި އެންމެ ނާޒުކު ގައުމުތަކަށް އެޑެޕްޓޭޝަން ގްރާންޓްތައް ބޮޑުކުރުމަށް ސަލްމާ ގޮވާލެއްވި އެވެ. އަދި މޫސުމީ ކާރިސާތަކަށް "ރެންސްޕޮންޑިން ޓު ލޮސް އެންޑް ޑެމޭޖު" ފައިނޭންސް ހަމަޖެއްސުމަށް ފަންޑުތައް ފުރިހަމައަށް ދޫކުރުމަށް ވެސް ސަލްމާ ގޮވާލެއްވި އެވެ.

 
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *