Tuesday, 28 July 2026
ކޯސްޓް ގާޑް -- ފޮޓޯ: އެމްއެންޑީއެފް

ގުޅިއާއި ފުށިދިއްގަރުފަޅު ކަނޑުއޮޅިން ތަކެތި އޮޔާދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ކ. ގުޅިއާއި ފުށިދިއްގަރުފަޅު ކަނޑުއޮޅިތެރެއިން އުޅަނދެއްގެ ބައެއް ތަކެތި އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން ސަމާލުވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިރޭ އިލްތިމާސްކުރައްވައިފިއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވާ މައުލޫމާތަށް ބިނާކޮށް ބުނީ، މި ތަކެތި އޮޔާދަނީ ގުޅިއާއި ފުށިދިއްގަރުފަޅު ކަނޑުއޮޅި ސަރަހައްދުން އިރުމައްޗަށް މިސްރާބުވާ ގޮތަށް ކަމަށެވެ. މިއީ ކޮން އުޅަނދެއްގެ ތަކެތި ކަމެއް އަދި ސާފުވެފައެއް ނުވެއެވެ.

ކަނޑުއޮޅި ތެރެއިން އޮޔާދާ މި ތަކެތީގެ ސަބަބުން ކަނޑުދަތުރުކުރާ އުޅަނދުފަހަރަށް ނުރައްކާތެރި ހާދިސާއެއް ކުރިމަތިވެދާނެތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ކޯސްޓްގާޑުން ވަނީ އެދިވަޑައިގެންފައެވެ. މީގެ އިތުރުން، ރޭގަނޑު ވަގުތުތަކުގައި އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން އިތުރަށް ސަމާލުވުމަކީ ރައްކާތެރިކަމުގެ ގޮތުން ނުހަނު މުހިންމު ކަމެއް ކަމުގައި އެމްއެންޑީއެފުން ވަނީ ފާހަގަކުރައްވާފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *