މިނިސްޓްރީ އޮފް ހެލްތުގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް ޒީނާޒް އަދުނާން އައްޔަންކުރައްވައިފިއެވެ. ޒީނާޒް މި މަގާމާ ހަވާލުވެވަޑައިގެންފައިވަނީ މި މަހުގެ ހަތަރު ވަނަ ދުވަހު ކަމަށްވާއިރު، އޭނާ ރަސްމީކޮށް އޮފީހަށް ނުކުންނަވަން ފެއްޓެވީ މި މަހުގެ ހަތް ވަނަ ދުވަހުއެވެ.
މިނިސްޓްރީގެ ތެރެއިން ޒީނާޒްއާ ހަވާލުކުރައްވާފައިވަނީ ޖެންޑާއާ ގުޅޭ ކަންކަން ބެލެހެއްޓެވުމުގެ ޒިންމާއެވެ. މިއީ ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަވަމުންދާ ބަދަލުތަކުގެ ތެރެއިން ނިންމެވި ނިންމެވުމެއް ކަމަށް މައުލޫމާތު ލިބެއެވެ.
ޒީނާޒް އަދުނާނަކީ އިޖުތިމާއީ ދާއިރާގައި އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. އެގޮތުން މީގެ ކުރިން ކުޑަކުދިންގެ ހިޔާ ބެލެހެއްޓުމުގެ މުހިންމު ޒިންމާތަކެއް އޭނާ ވަނީ އުފުއްލަވާފައެވެ. މީގެ އިތުރުން، މި ސަރުކާރުގެ ކުރީކޮޅު ވެރިކަންކުރާ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުވެސް އޭނާ ފުރުއްވާފައިވެއެވެ.
މި ބަދަލުތައް އައިސްފައިވަނީ ޒީނާޒްގެ ފިރިކަލުން އާދަމް ޝަރީފް ވަޒީރުކަމުގެ މަގާމުން އިސްތިއުފާދެއްވާފައިވާ ދަނޑިވަޅެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ އާދަމް ޝަރީފް ގަތަރުގެ ސަފީރުކަމަށް އައްޔަންކުރެއްވުމަށް ނިންމަވައި، އެކަމުގެ ރުހުން ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ.


