Tuesday, 28 July 2026
މާފަރު ފެން ހިންދުމުގެ މަސައްކަތް ކުރަނީ-- ފޮޓޯ: އެމްއެންޑީއެފް

ނ. މާފަރަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެއްޖެ

ނ. މާފަރަށް ބޯކޮށް ވާރޭ ވެހި، މަގުތަކުގައި ރޭ ފެންބޮޑުވެއްޖެއެވެ.

އިއްޔެގެ މެންދުރު 14:15 ހާއިރުން ފެށިގެން މާފަރަށް ބޯކޮށް ވާރޭވެހި އާދަޔާ ޚިލާފަށް ވަނީ ފެންބޮޑުވުމުގެ ސަބަބުން ފެން ހިންދުމުގެ މަސައްކަތަށް އެމްއެންޑީއެފްގެ އެހީތެރިކަމަށް އެ ރަށު ކައުންސިލުން ވަނީ އެދިފައެވެ.

އެގޮތުން މާފަރުގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ނައިފަރު ފަޔާ ސްޓޭޝަނުން ފަށާފައި ވަނީ ރޭ 21:30 ހާއިރެވެ. އަދި އަދި ފެން ހިންދުމުގެ މަސައްކަތް ރޭ ދަންވަރު 00:30 ހާއިރު ނިންމާލެވުނުއިރު 10 ގެއަކަށް ވަނީ ފެންވަދެފައެވެ.

ފެން ބޮޑުވުމުގެ ސަބަބުން އެއްވެސް ގެއަކުން މީހުން ބަދަލުކޮށްފައިނުވާ ކަމަށް ނެޝެނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރެޓީ (އެންޑީއެމްއޭ)އިން ވަނީ މައުލޫމާތު ދީފައެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *