ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަށް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ހައްޔަރުކުރި ފަސް މީހުންގެ ވަނަވަރު ފުލުހުން މިއަދު އާންމުކޮށްފިއެވެ. މި މައްސަލާގައި ހިމެނެނީ އިންޑިއާގެ ދެ މީހަކާއި ތިން ދިވެހިންނެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ އިންޑިއާގެ ދެ މީހުންނަކީ މުހައްމަދު މުސްތާކް ޖަމާލް (29އ) އާއި ސިރަޖުދީން ރަޝިތާ (26އ) އެވެ. ދެން ހިމެނޭ ތިން ދިވެހިންނަކީ ލ. ގަން، މުކުރިމަގު، ފޭރުގަސްދޮށުގެ އަޙްމަދު އަފްރާޙް (33އ) އާއި، ހ. ކަހަފަތި އިލްޔާސް އަޙްމަދު (42އ) އަދި ގ. ހޭޅި ޙަސަން ޝަމްޢޫން (36އ) އެވެ.
މި ފަސް މީހުންނަކީ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހިފަހައްޓައި، ފުލުހުންނާ ހަވާލުކުރި ބައެކެވެ. އެ މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މި ޖޫން މަހުގެ ނުވަ ވަނަ ދުވަހުއެވެ.
މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެ ފަސް މީހުން ވެސް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.


