އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 49 އަހަރުގެ ފުލުހަކު ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖަހައިފިއެވެ. މި ހާދިސާ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކޮށްފައިވަނީ މި ހިނގާ މަހުގެ އެއްވަނަ ދުވަހުއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ފުލުސް މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މި މައްސަލައިގެ ސީރިއަސްކަމަށް ބަލައި، ތުހުމަތު ކުރެވޭ ފުލުސް މީހާ މިހާރު ވަނީމުސާރަ ނުލިބޭ ގޮތަށް ފުލުހުންގެ ޚިދުމަތުން ސަސްޕެންޑުކޮށްފައެވެ. މިއީ މިފަދަ ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވޭ ފަރާތްތަކާމެދު އިދާރީގޮތުން އަޅާ ފިޔަވަޅެކެވެ.


