Tuesday, 28 July 2026
މިނިސްޓަރ އިހުސާން.... ފޮޓޯ: ރައީސް އޮފީސް

ޝަމްޢާންގެ ތުހުމަތުތައް މިނިސްޓަރު އިޙްސާން ދޮގުކުރައްވައިފި

މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން، އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު ޖެނެރަލް މުޙައްމަދު ޝަމްޢާން ވަޙީދު އޭނާއަށް ކުރެއްވި ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތައް ރަސްމީކޮށް ދޮގުކުރައްވައިފިއެވެ. މިނިސްޓަރު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝަމްޢާން ދައްކަވަނީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.

މި މައްސަލައިގައި ކަން ހިނގާދިޔަ ގޮތުގެ ފުރިހަމަ ތަފްސީލް ރައްޔިތުންނަށް ސާފުކޮށްދިނުމަށް މިނިސްޓަރު އިޙްސާން ވަނީ ދިވެހި ފުލުހުންގެ ހިދުމަތުގައި އެދިވަޑައިގެންފައެވެ. މީގެ ބޭނުމަކީ ޝަމްޢާންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި އޭނާ މަގާމުން ވަކިކުރަން ޖެހުނު ސަބަބުތައް ހާމަކުރުން ކަމަށް ބެލެވެއެވެ.

މީގެއިތުރުން، ރާއްޖޭގެ ބޯޑަރ ކޮންޓްރޯލް ސިސްޓަމާ ގުޅޭގޮތުން ޝަމްޢާން ސަރުކާރުގެ އިސްވެރިންނަށް އަމާޒުކުރެއްވި ތުހުމަތުތައްވެސް ސަރުކާރުން ވަނީ ކަނޑައެޅިގެން ދޮގުކޮށްފައެވެ. ސަރުކާރުން ބުނެފައިވަނީ އެފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށެވެ.

ކުރީގެ ކޮންޓްރޯލަރު ޖެނެރަލް ޝަމްޢާން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް މިނިސްޓަރު އިޙްސާނަށާއި ސަރުކާރުގެ ބައެއް އިސް ފަރާތްތަކަށް ކޮރަޕްޝަނުގެ ތުހުމަތުތައް އަމާޒުކުރައްވާފައެވެ. ނަމަވެސް މިނިސްޓަރު ވަނީ މި ހުރިހާ ވާހަކަތަކެއް ދޮގުކުރައްވައި، ހަގީގަތް ހާމަކުރުމަށް ބާރުއަޅުއްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *