މިޒަމާނުގެ އިންޑިއާގައި އެންމެ ނުފޫޒުގަދަ ސިޔާސީ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މެދުނުކެނޑި އެންމެ ގިނަ ދުވަހު އެ ގައުމުގެ ބޮޑުވަޒީރުކަން ކުރެއްވި އިންތިޚާބީ ލީޑަރަށް ވެވަޑައިގެންފިއެވެ. 2014 ވަނަ އަހަރު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ބޮޑު ވަޒީރު މޯދީ ވަނީ އިގްތިސާދީ، ޓެކްނޮލޮޖީ އަދި އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ހިންގަވައި، ދުނިޔޭގެ މަސްރަހުގައި އިންޑިއާގެ ދައުރު ފުޅާކުރައްވާފައެވެ. އެމަނިކުފާނުގެ ލީޑަރޝިޕް ބިނާވެފައިވަނީ ޒަމާނީކުރުމާއި، އައު އީޖާދުތަކާއި، އަދި ގައުމުގެ ދިގު މުއްދަތުގެ ކުރިއެރުމުގެ މައްޗަށެވެ. މިއީ އިންޑިއާގެ ތަރައްގީގެ ދަތުރުގައި ބޮޑުވަޒީރު މޯދީ މުހިންމު ޝަޚުސިއްޔަތަކަށް ވެގެންދިޔަ ސަބަބެވެ.
ބޮޑުވަޒީރު މޯދ ހޯއްދެވި މި ކާމިޔާބީއާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ލީޑަރުން ވަނީ މަރުހަބާ ވިދާޅުވެފައެވެ. އެގޮތުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ މި ތާރީޚީ ކާމިޔާބީއާ ގުޅިގެން މޯދީއަށް ހޫނު މަރުހަބާއެއް ފޮނުއްވާފައެވެ. މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އޮންނަ އިހުތިރާމާއި، ސިޔާދަތީ ހަމަހަމަކަމާއި، އަދި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގެ މައްޗަށް ބިނާކޮށް، އިންޑިއާއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހިރާއްޖެއިން ދޭ އަހައްމިއްޔަތު ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ. މި މެސެޖުގައި ދެ ގައުމުގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުމާއި، ސަރަހައްދީ ފެންވަރުގައި އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
Warm congratulations to His Excellency Prime Minister @narendramodi on becoming India’s longest-serving elected Prime Minister by consecutive days in office.
The Maldives looks forward to further strengthening cooperation with India, guided by mutual respect, sovereign equality,…
— Dr Mohamed Muizzu (@MMuizzu) June 10, 2026
ބޮޑުވަޒީރު ނަރެންދުރަ މޯދީ އުފަންވެވަޑައިގަތީ 17 ސެޕްޓެމްބަރު 1950 ގައި ގުޖުރާތުގެ ވަދުނަގަރުގައެވެ. ބޮޑުވަޒީރު މޯދީގެ ވަރަށް ޅަފަތުގެ އުމުރުގައިވެސް އާންމު ޚިދުމަތާއި އިޖުތިމާޢީ ހަރަކާތްތަކަށް ޝައުޤުވެރިކަން ހުއްޓެވެ.
އަހަރުތަކެއްގެ ތެރޭގައި، ބޮޑުވަޒީރު މޯދީ ބާރަތިޔާ ޖަނަތާ ޕާޓީ (ބީ.ޖޭ.ޕީ) ގެ ހަރަކާތްތެރި މެންބަރަކަށް ވެވަޑައިގަތެވެ. އެމަނިކުފާނުގެ ސާބިތުކަމާއި، ރޭވުންތެރިކަމާއި، ބުރަ މަސައްކަތުގެ ސަބަބުން ޕާޓީގެ އެކި ފަންތިތައް ގިރާކުރައްވައި، މުހިންމު ސިޔާސީ ލީޑަރަކަށް ވެވަޑައިގަތެވެ.
2001 ވަނަ އަހަރު އެމަނިކުފާނު ގުޖުރާތުގެ ޗީފް މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތެވެ. އެމަނިކުފާނުގެ ދައުރުގައި ގުޖުރާތަށް ސިނާޢީ ބޮޑު ކުރިއެރުމަކާއި، އުމްރާނީ ތަރައްޤީއާއި، އިންވެސްޓްމަންޓްތައް އިތުރުވެގެން ދިޔައެވެ. މީގެ ސަބަބުން މުޅި އިންޑިއާގައި އެމަނިކުފާނުގެ މަޤްބޫލުކަން އިތުރުވެ، ފާހަގަކޮށްލެވޭ ލީޑަރެއްގެ ގޮތުގައި ބަލައިގަނެވުނެވެ.
ބޮޑުވަޒީރު މޯދީގެ މި ކާމިޔާބީ ފާހަގަކުރައްވާ ރާއްޖޭގެ ކުރީގެ ދެ ރައީސުންކަމަށްވާ އިބްރާހިމް މުހައްމަދު ސާލިހު އާއި މުހައްމަދު ނަޝީދުވެސް ވަނީ އެ މަނިކުފާނަށް މަރުހަބާ ދަންނަވާފައެވެ.
Congratulations to Prime Minister Narendra Modi for becoming the longest-serving Prime Minister in India. During this long tenure we have witnessed not only the PM’s service to the people of India, but also India’s assistance to the Maldives and the region, which has helped…
— Mohamed Nasheed (@MohamedNasheed) June 10, 2026
Congratulations to Prime Minister @narendramodi on becoming India’s longest-serving Prime Minister.
This is a truly historic milestone that reflects the enduring trust and confidence the people of India have placed in Prime Minister Modi as steward of their aspirations and…
— Ibrahim Mohamed Solih (@ibusolih) June 10, 2026


