Tuesday, 28 July 2026
އާދަމް ނަސީރު އުމަރު އާއި ރައީސް މުއިއްޒު ސަލާން ކުރައްވަނީ --ފޮޓޯ: ސަންގު

އާދަމް ނަސީރު އިސްތިއުފާ ދެއްވައިފި

ރައީސް އޮފީހުގެ ދިވެހިބަހާއި ސަގާފަތާ ބެހޭ މުޝީރު ކަމަށް އައްޔަންކުރެއްވި ކުރީގެ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް، މަގާމާ ހަވާލުވެވަޑައިގެންނެވިތާ މާ ގިނައިރުތަކެއް ނުވެ އެ މަގާމުން މިއަދު އިސްތިއުފާދެއްވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އާދަމް ނަސީރު އެ މަގާމަށް އައްޔަންކުރެއްވީ އިއްޔެއެވެ. އޭނާ އައްޔަން ކުރައްވާފައި ވަނީ ދިވެހިބަހާއި ސަގާފަތް އަދި ތަރިކައާ ގުޅޭ ކަންކަމުގައި ލަފާދެއްވާ މުޝީރެއްގެ ގޮތުގައެވެ. ނަމަވެސް، އޭނާ އައްޔަން ކުރެއްވީ ކޮން ފެންވަރެއްގެ މަގާމަކަށް ކަމެއް ރަސްމީކޮށް އަދި ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް  މިއަދު 15:30 ގައި މުންދު ވަނީ އާދަމް ނަސީރު އިސްތިއުފާދެއްވާފައިވާ ކަމަށް ވިދާޅުވެފައެވެ. ނަސީރު އިސްތިއުފާ ދެއްވި ސަބަބު ތަރުޖަމާނު ހާމަކޮށްފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *