Tuesday, 28 July 2026
މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މަޤާމުގައި ހުންނެވި އާދަމް ނަޞީރު އިބްރާހީމް---ފޮޓޯ:މާލްދީފް

ކުރީގެ ވަޒީރު ނަޞީރު ރައީސް އޮފީހުގެ މުޝީރުކަމަށް އައްޔަންކުރައްވައިފި

މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް ދިވެހިބަހާއި ސަގާފަތާ ބެހޭ ވުޒާރާގެ ވަޒީރުކަން ކުރެއްވި އާދަމް ނަޞީރު އިބްރާހީމް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުޝީރުކަމުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.

މި ބަދަލަކީ ރައްޔިތުންގެ އެދުމާ އެއްގޮތަށް ސަރުކާރު ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ގެންނަވަމުންދާ ހެޔޮ ބަދަލުތަކުގެ ތެރެއިން ނިންމެވި ނިންމެވުމެއް ކަމަށް ސަރުކާރުން މަޢުލޫމާތު ދެއެވެ. އާދަމް ނަޞީރު އިބްރާހީމަކީ ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގައި އަލަށް އުފެއްދެވި ދިވެހިބަހާއި ސަގާފަތާ ބެހޭ ވުޒާރާގެ ފުރަތަމަ ވަޒީރެވެ.

އާދަމް ނަޞީރު ވަޒީރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވީ މިދިޔަ އޭޕްރިލް މަހުގެ 14 ވަނަ ދުވަހު ކުއްލި ގޮތަކަށެވެ. އެ ދުވަހު އޭނާ ހިމެނިވަޑައިގަންނަވާ ގޮތަށް ޖުމްލަ 10 ވަޒީރުން ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. އޭގެ ފަހުން، އެ ދުވަހު އިސްތިއުފާ ދެއްވި ބައެއް އެހެން ވަޒީރުންނަށްވެސް ސަރުކާރުގެ މުހިންމު އެކި މަޤާމުތަކާއި ސަފީރުކަން ވަނީ ދެއްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *