Tuesday, 28 July 2026
ފޮޓޯ: އައިޖީއެމްއެޗް

މާލެ ސަރަހައްދުން ހިމަބިހީގެ އިތުރު 4 ކޭސް، ބަލި ޖެހުނު މީހުންގެ އަދަދު 15 އަށް އަރައިފި

މިދިޔަ ހަފުތާގެ ތެރޭގައި މާލެ ސަރަހައްދުން ހިމަބިހި (މީސަލްސް) ގެ އިތުރު ހަތަރު ކޭސްއެއް ފެނިއްޖެއެވެ. މިއާއެކު މިއަހަރުގެ މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު މިވަނީ 15 އަށް އަރައިފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ބަލި ޖެހުނު މީހުންނާ ބައްދަލުވެފައިވާ މީހުން ދެނެގަނެ، އެ މީހުން މޮނިޓާކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. މީގެ އިތުރުން ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެ އެޖެންސީން ދަނީ އަޅަމުންނެވެ.

ބަލީގެ އަލާމާތްތަކަށް ސަމާލުވުމަށް އިލްތިމާސްކުރަމުން އެޗްޕީއޭއިން ބުނެފައިވަނީ، ހުމާއެކު ހަށިގަނޑުގައި ރަތް ބިހިތަކެއް ނަގައިފިނަމަ، ލަސްނުކޮށް އެކަހެރިވެ ސިއްހީ ފަރުވާ ހޯދުމަށް ސަމާލުކަން ދޭންޖެހޭނެ ކަމަށެވެ. މި ބައްޔަށް ފަރުވާ ދިނުމަށްޓަކައި އައިޖީއެމްއެޗްގައި މިހާރު ވަނީ ހިމަބިއްސަށް ޚާއްސަ ޑެސްކެއްވެސް ގާއިމުކޮށްފައެވެ.

ސަރުކާރުން މިހާރު ދަނީ ބަލިން ރައްކާތެރިވުމަށްޓަކައި ވެކްސިން ޖެހުމުގެ މަސައްކަތްތައް އިތުރަށް ވަރުގަދަކުރަމުންނެވެ. އެގޮތުން ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ބޫސްޓާ ޑޯޒް ދިނުމުގެ މަސައްކަތް ފަށާފައިވާއިރު، ވެކްސިން ފުރިހަމަނުކުރާ މީހުންނަށް ބޭނުންވާ އިތުރު ވެކްސިން ރާއްޖެ ގެނައުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *