Tuesday, 28 July 2026
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް -- ފޮޓޯ އެމްޑީއޭ

އިންތިޚާބު ނާކާމިޔާބުވީ އަމިއްލަ އެދުމުން ކަމަށް ބުނެ އަމީރު ދެއްކެވި ވާހަކަތައް ރައީސް ސޯލިހު ދޮގުކުރައްވައިފި

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ އަމިއްލަ އެދުމުގެ ސަބަބުން ކަމަށް، އެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ދެއްކެވި ވާހަކަތައް ރައީސް ސޯލިހު ދޮގުކުރައްވައިފިއެވެ.

ރައީސް ސޯލިހު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއެކު އުފެދުނު ޚިޔާލުތަފާތުވުންތަކުގެ އަސްލަކީ، ވެރިކަމުގެ ދައުރުގެ މެދުތެރެއިން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށް ރައީސް ނަޝީދު ހުށަހެޅުއްވި ހުށަހެޅުއްވުމަށް އެމަނިކުފާނު ދެކޮޅު ހެއްދެވުން ކަމަށެވެ.

އިންތިޚާބުގެ ދެވަނަ ބުރުގެ ކުރިން ރައީސް ނަޝީދު ބައެއް ޝަރުތުތައް ކުރިމަތިކުރެއްވިކަން ހާމަކުރައްވަމުން ސޯލިހު ވިދާޅުވީ، އޭރު ނިޒާމީ ވޯޓެއް ނެގުމަށާއި، އޭރުގެ ފިނޭންސް މިނިސްޓަރު އަމީރު ހިމެނޭ ގޮތަށް ތިން ވަޒީރަކު މަގާމުން ވަކިކުރުމަށް ނަޝީދު އެދިވަޑައިގެންނެވި ކަމަށެވެ.

ނަމަވެސް، ރައްޔިތުންގެ ތާއީދު ނެތް ކަމަކަށް އެއްބަސްވެއްޖެ ނަމަ ލިބޭނެ ގެއްލުން މާ ބޮޑުވާނެތީ، އެ ޝަރުތުތަކަށް އެމަނިކުފާނު އިންކާރު ކުރެއްވީ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *