ދިވެހި ފުލުހުންގެ މުއައްސަސާގެ ރަސްމީ ތަރުޖަމާނުގެ ޒިންމާ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އާރިފާ މިއަދު ހަވާލުކުރައައިފި އެވެ
ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި، އާރިފް މި މަގާމަށް އައްޔަންކުރެއްވީ ކުރިން މި މަސްއޫލިއްޔަތު އަދާކުރެއްވި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާނުގެ ބަދަލުގައެވެ.
މި ނިންމުމާ ގުޅިގެން، ނޫސްވެރިންނަށް މައުލޫމާތު ދިނުމާއި ފުލުހުންގެ ފަރާތުން ރައްޔިތުންނާ ބާއްވާ މުއާމަލާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާނީ ސުޕްރިންޓެންޑެންޓް އާރިފް ކަމަށް އެ މުއައްސަސާއިން މައުލޫމާތުދެއެވެ.


