މަސްދޯންޏަކުން މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް، އެ މީހާ މޫދު އަޑީގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުން ހާމަކުރިގޮތުގައި މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ފަތިހު 05:40 ހާއިރުއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ގދ. ގައްދޫ، އޭޝިޔާ، އިސްޙާޤު ރަޝީދު (44އ) އެވެ.
ފުލުހުންނަށް މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، ގެއްލުނު މީހާ ހޯދުމުގެ އޮޕަރޭޝަނެއް ވަނީ ފަށާފައެވެ. މި އޮޕަރޭޝަނުގެ ތެރެއިން އެ މީހާ ފެނުނުއިރު އޮތީ މޫދު އަޑީގައި މަރުވެފައެވެ.
މަރުވެފައިވާ މީހާގެ ހަށިގަނޑު މިހާރު ވަނީ ގދ. ގައްދުއަށް ގެންގޮސްފައެވެ.


