Tuesday, 28 July 2026
ހައްޖުގެ ފުރަތަ ގްރޫޕް ރާއްޖެއައުމަށް ތައްޔާރުވަނީ----ފޮޓޯ: ހައްޖު ކޯޕރޭޝަން

މި އަހަރުގެ ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު ރާއްޖެ އަތުވެއްޖެ

މި އަހަރު ސަޢުދީ ޢަރަބިއްޔާއަށް ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިޔަ ދިވެހި ޙައްޖުވެރިންގެ ތެރެއިން ފުރަތަމަ ގުރޫޕު، އަޅުކަމަށްފަހު މިރޭ އެނބުރި ރާއްޖެ އަތުވެއްޖެއެވެ. މިއީ މި އަހަރުގެ ޙައްޖުގެ އަޅުކަން ނިންމުމަށްފަހު ރާއްޖެއަށް އައި ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓެވެ.

ޙައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ޖުމްލަ ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. މިރޭ އައި ފުރަތަމަ ގުރޫޕުގެ އިތުރުން، ދެން ތިބި ޙައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް އާދިއްތަ، ހޯމަ އަދި އަންގާރަ ދުވަހުއެވެ.

ޙައްޖު ކޯޕަރޭޝަނުން ހާމަކޮށްފައިވާ ތާވަލަށް ބަލާއިރު، ދެން ހުރި ފްލައިޓްތައް ރާއްޖެ އައުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ:

  • 07 ޖޫން 2026 (އާދިއްތަ): މާލެއަށް ޖައްސާނީ 17:40 ގައެވެ.
  • 08 ޖޫން 2026 (ހޯމަ): މާލެއަށް ޖައްސާނީ 14:00 ގައެވެ.
  • 09 ޖޫން 2026 (އަންގާރަ): މާލެއަށް ޖައްސާނީ 00:01 ގައެވެ.

މި އަހަރު ރާއްޖެއިން ޖުމްލަ 1,000 މީހުން ޙައްޖުގެ އަޅުކަމަށް ސަޢުދީއަށް ދިޔައެވެ. މިއީ ފަހުގެ ތާރީޚެއްގައި ޙައްޖުވެރިންނަށް އެންމެ ފުރިހަމަ އިންތިޒާމުތަކެއް ހަމަޖައްސައިދިން އަހަރުކަން ފާހަގަކުރެވެއެވެ.

ޙައްޖު ކޯޕަރޭޝަނުން ބުނެފައިވާ ގޮތުގައި، ޙައްޖުގެ އަޅުކަމަށް ދިޔަ ދިވެހިންނަށް އެންމެ ފުރިހަމަ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. މީގެ ތެރޭގައި އެކަމަށް ބޭނުންވާ އެހީތެރިންނާއި އިދާރީ އިންތިޒާމުތައް ހިމެނެއެވެ.

\
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *