Tuesday, 28 July 2026
ޝަހީދު ހުސެއިން އާދަމް ބިލްޑިންގ -- ފޮޓޯ: ރާއްޖެ24

އަންހެނަކު ވިއްކާލާނެކަމަށް ބުނެ ބިރުދެއްކި މައްސަލައެއް ތަހުގީގު ކުރަން ފަށައިފި

އަންހެނަކަށް އޭނާގެ ކުރީގެ ފިރިމީހާ ބިރުދައްކާފައިވާ ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. މި މައްސަލަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވަނީ 2026 ޖޫން 5 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

މި މައްސަލައާ ގުޅޭގޮތުން ޝަކުވާ ހުށަހެޅި ފަރާތުން ދީފައިވާ މައުލޫމާތަށް ބަލާއިރު، އެ އަންހެން މީހާ އެހެން މީހަކަށް ވިއްކާލާނެ ކަމަށް ބުނެ އޭނާގެ ކުރީގެ ފިރިމީހާ އިންޒާރު ދީފައިވާ ކަމަށް މައްސަލައިގައި ފާހަގަކޮށްފައިވެއެވެ. މިއީ ބިރުދެއްކުމުގެ އަމަލެއްގެ ގޮތުގައި ބަލައި ފުލުހުން ދަނީ މިކަން ބަލަމުންނެވެ.

ފުލުހުން ހާމަކުރެއްވި ގޮތުގައި، މި މައްސަލާގައި ޖިންސީ ގޯނާގެ އެއްވެސް ތުހުމަތެއް ހިމެނިފައެއް ނުވެއެވެ. އަދި އެ އަންހެން މީހާ އެހެން ފަރާތަކަށް ވިއްކާލާފައިވާ ކަމަށް ނުވަތަ އިންސާނީ ވަގުފާރީގެ އެއްވެސް މުއާމަލާތެއް ހިންގާފައިވާ ކަމުގެ ތުހުމަތެއްވެސް މިހާތަނަށް ކުރެވިފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، މައްސަލައާ ގުޅިގެން އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ބެލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *