Tuesday, 28 July 2026
ދ. މީދޫ، ސާޔާ، މަރުހޫމު ޞިއްދީޤު ޢަލީ

ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި ޞިއްދީޤު ނިޔާވުމާ ގުޅިގެން ރައީސްގެ ތަައުޒިޔާ

ދ. މީދޫގެ ވެރިކަމުގެ އިސް މަގާމުތަކެއް ފުރުއްވައި، އެ ރަށަށާއި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި ދ. މީދޫ، ސާޔާ، ޞިއްދީޤު ޢަލީ ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް ޑރ މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަރްޙޫމް ޞިއްދީޤު ޢަލީއަކީ މީދުއަށާއި ދައުލަތަށް 31 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިޚުލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ. މަރްޙޫމް ވަނީ މީދޫގެ ކަތީބުކަމުގެ މަގާމުވެސް ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވާފައެވެ.

ޞިއްދީޤު ޢަލީ ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ މަރްޙޫމްގެ ޢާއިލާއަށް ވަރަށް އިޚުލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާފައެވެ. އަދި މާތްﷲ ގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ލެހެއްޓެވުމަށް އެދި ދުޢާ ކުރައްވާފައިވެއެވެ.

މަރްޙޫމް ޞިއްދީޤު ޢަލީއަކީ މީދޫގެ ތަރައްޤީއަށާއި ރަށުގެ އިޖުތިމާޢީ ކަންކަމުގައި ވަރަށް އިސްކޮށް އުޅުއްވި، ރައްޔިތުންގެ އިޙްތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *