Tuesday, 28 July 2026
ވަޒީރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު އައިޔޫއެމްގެ އިސްބޭފުޅުންނާއެކު----ފޮޓޯ: އިސްލާމިކް މި ނިސްޓަރީ

އަންނަ އަހަރުން ފެށިގެން އީދުތައް ފާހަގަކުރުމަށް ހާއްސަ ޕްލޭނެއް އެކުލަވާލަނީ

ކުރިއަށް އޮތް އަހަރުން ފެށިގެން ރާއްޖޭގައި އިސްލާމީ އީދުތައް ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާއްސަ މަޝްރޫއެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ. މިކަން ހާމަކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމު އަލީ ސައީދެވެ.

ވަޒީރު ވިދާޅުވި ގޮތުގައި 1448 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ފިތުރު އީދާއި އަޟްހާ އީދު މާލެ އާއި އަތޮޅުތަކުގައި ފާހަގަކުރާނެ ގޮތުގެ ތަފްސީލީ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި އެ ވުޒާރާގެ ތެރޭގައި ހާއްސަ ކޮމިޓީއެއް އެކުލަވާލައި، އަމަލީ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.

މި ޕްލޭންގެ ދަށުން ރަށްރަށުގެ ކައުންސިލްތަކާ މަޝްވަރާކޮށް، އަތޮޅުތަކުގައި ހަރަކާތްތެރިވާ އިސްލާމީ މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުން އިތުރުކުރުމަށް ވަނީ ނިންމާފައެވެ. ވަޒީރު ޝަހީމް ފާހަގަކުރެއްވި ގޮތުގައި، އީދު ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދާނީ ވަކި ހާއްސަ އުސޫލެއްގެ ދަށުން، ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުމާއެކުގައެވެ.

މީގެ އިތުރުން، ސިޓީތަކުގައި އީދު ފާހަގަކުރުމަށް މުހިންމު އަދި ތަފާތު އިވެންޓްތަކެއް ރޭވުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތްތައް ފުރިހަމައަށް ކުރިއަށް ގެންދިއުމަށްޓަކައި ސަގާފަތާ ބެހޭ ވުޒާރާއާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. މި ޕްލޭންގެ މައިގަނޑު މަގުސަދަކީ އިސްލާމީ އީދުތަކުގެ އުފާވެރިކަން މުޅި ރާއްޖޭގައި އެއްގޮތަކަށް ފެތުރުމެ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *