Tuesday, 28 July 2026
ފޮޓޯ:ޕީއެސްއެމް

ރަށްރަށުގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފެނަކައިން 21 ރަށަކަށް އައު ޖެންސެޓް ފޮނުވައިފި

އަތޮޅުތެރޭގެ ރަށްރަށުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ފެނަކަ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިއަހަރުގެ މިހާތަނަށް 21 ރަށަކަށް އައު ޖެންސެޓް ފޮނުވާފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ. މިއީ ރަށްރަށުގެ ކަރަންޓު އުފެއްދުމުގެ ގާބިލުކަން ނުވަތަ ކެޕޭސިޓީ އިތުރުކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ފެނަކައިން މައުލޫމާތު ދެއްވާ ގޮތުގައި، މިހާތަނަށް ފޮނުވާފައިވާ ހުރިހާ ޖެންސެޓްތަކަކީވެސް މުޅިން އައު މެޝިނަރީޒްތަކެކެވެ. މީގެ އިތުރުން، ޚިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި އިތުރު 24 ޖެންސެޓެއް މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މި ޖެންސެޓްތައް ރާއްޖެ ގެނެވުނުހާ އަވަހަކަށް، ކަރަންޓުގެ ހާލަތު ރަނގަޅުކުރަންޖެހޭ ރަށްރަށަށް ފޮނުވުމަށް ވަނީ ރޭވިފައެވެ.

އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި ކަރަންޓު މެދުކެނޑުމާއި، އެކަށީގެންވާ ވަރަށް ކަރަންޓު ނުލިބުމަކީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ. މިކަމަށް އިޝާރާތް ކުރައްވައި ފެނަކައިން ވިދާޅުވީ، "ރާއްޖޭގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރަންޖެހޭ މަސައްކަތެއް" ކަމަށެވެ. އަދި މި އައު ޖެންސެޓްތަކާއެކު ރަށްރަށަށް މެދުނުކެނޑި ކަރަންޓުގެ ޚިދުމަތް ދިނުމަށް މަގުފަހިވާނެ ކަމަށް އެ ކުންފުނިން ގަބޫލުކުރެއެވެ.

ޖެންސެޓް ފޮނުވުނު ރަށްތަކަކީ؛

މިއަހަރުގެ ތެރޭގައި މިހާތަނަށް ޖެންސެޓް ފޮނުވާފައިވާ ރަށްތަކުގެ ތެރޭގައި

  • ހއ. އުލިގަން،
  • ހދ. ނާވައިދޫ،
  • ށ. އަތޮޅުގެ 5 ރަށެއް (ނަރުދޫ، ފޭދޫ، ޅައިމަގު، ފީވައް، ގޮއިދޫ)،
  • ނ. އަތޮޅުގެ 6 ރަށެއް (ފޮއްދޫ، މަގޫދޫ، ލަންދޫ، ކުޑަފަރި، ހެނބަދޫ)،
  • ރ. އަތޮޅުގެ 4 ރަށެއް (ކިނޮޅަސް، ފައިނު، ރަސްގަތީމް، އިންނަމާދޫ)
  • ފ. މަގޫދޫ،
  • ދ. ރިނބުދޫ
  • ތ. އަތޮޅުގެ 3 ރަށަކަށް (އޮމަދޫ، ގާދިއްފުށި، ކަނޑޫދޫ)

ފެނަކަ ކޯޕަރޭޝަނުގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް ރަށްރަށުގެ ކަރަންޓުގެ ހާލަތު މޮނިޓަރކޮށް، ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމެވެ. އަދި އެ ކުންފުންޏަކީ ރައްޔިތުންގެ ފުރިހަމަ އިތުބާރު ލިބިފައިވާ، ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދޭ ތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާނެ ކަމަށް އެ ކުންފުނިން ވަނީ ހާމަ،ކ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *