Wednesday, 29 July 2026
ފޮޓޯ: އައިޖީއެމްއެޗް

ގދ. ތިނަދޫގައި އޮޕަރޭޝަން ޑޮކްޓަރުންގެ ކޭމްޕެއް ބޭއްވުމަށް ނިންމައިފި

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އާއި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ގުޅިގެން ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އޮޕަރޭޝަން ޑޮކްޓަރުންގެ ކޭމްޕެއް ބޭއްވުމަށް ނިންމައިފިއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2026 ޖޫން 11 އިން 13 އަށް ކަމަށް ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދެއެވެ. މިއީ ސިއްހީ ހިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ މުހިންމު ހަރަކާތެކެވެ.

މި އިސްނެގުމުގެ ދަށުން، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ތަޖުރިބާކާރު ސްޕެޝަލިސްޓުންނާއި ސަބް-ސްޕެޝަލިސްޓުންގެ ޓީމަކުން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ސާޖިކަލް ކޮންސަލްޓޭޝަންތަކާއި އޮޕަރޭޝަންގެ ހިދުމަތްތައް ފޯރުކޮށްދޭނެއެވެ.

އައިޖީއެމްއެޗުން ހާމަކުރިގޮތުގައި މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ އަތޮޅުތެރޭގެ ރައްޔިތުންނަށް ބޭނުންވާ ހާއްސަ ބަލިތަކުގެ ފަރުވާ، އެ މީހުން ދިރިއުޅޭ ސަރަހައްދުން ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *