Wednesday, 29 July 2026
ކުރީގެ ދަމަދ

ދަމަނަވެށީގެ ޚިދުމަތްތައް ވަގުތީގޮތުން މާފަންނު އަރބަން ޕްރައިމަރީ ހެލްތު ސެންޓަރަށް ބަދަލުކޮށްފި

ދަމަނަވެށީގެ އިމާރާތުން ފޯރުކޮށްދެމުންދިޔަ ހުރިހާ ޚިދުމަތްތަކެއް ވަގުތީގޮތުން މާފަންނުގައި ހުންނަ އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރަށް ބަދަލުކޮށްފިއެވެ.

މި ބަދަލާ ގުޅޭގޮތުން އާންމުކޮށްފައިވާ އިޢުލާނުގައިވާ ގޮތުން، 1 ޖޫން 2026 އިން ފެށިގެން ދަމަނަވެށީގެ ހުރިހާ ޚިދުމަތްތަކެއް ލިބޭނީ މާފަންނު އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރުންނެވެ. މި ބަދަލަކީ އެ އިދާރާއިން ވަކި ގޮތެއް އަންގަންދެން ގެނެވުނު ވަގުތީ ބަދަލެކެވެ.

މީގެ އިތުރުން، ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުން، އައި.ޖީ.އެމް.އެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި މުޅިން އަލަށް ނެނޯ ނީޑަލް ބޭނުންކޮށްގެން ކުދި ހުޅުތަކުގެ އެތެރޭގެ މައްސަލަތައް ބަލާ އޮޕަރޭޝަންތައް ވަނީ ފަށާފައެވެ. މިއީ ރާއްޖޭގައި އާތްރޮސްކޮޕިކް ކޮށް މިފަދަ އޮޕަރޭޝަންތައް ކުރަން ފެށި ފުރަތަމަ ފަހަރެވެ.

ދަމަނަވެށީގެ ޚިދުމަތްތައް ބަދަލުކުރެވުނު ނަމަވެސް، އާންމުންނަށް ދެމުންދާ ސިއްހީ ޚިދުމަތްތަކަށް ބުރޫ ނާރާނެހެން އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށް އެ ފަރާތުން މައުލޫމާތު ދެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *