Tuesday, 28 July 2026
ތުހުމަތު ކުރާ ދެ މީހުން --ފޮޓޯ: ފުލުހުން

ކުޑަކުދިން ބޭނުން ކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރި ދެ މީހަކު ހައްޔަރު ކޮށްފި

=

ކުޑަކުދިން މެދުވެރިކޮށް މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ގއ. ވިލިނގިލިން ދެ ފިރިހެނަކު ފުލުހުންގެ ބަންދަށް ގެންގޮސްފިއެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި އެ ރަށުގެ ހަތަރު ގެއެއް ބަލައި ފާސްކޮށްފައިވެއެވެ. މި ފާސްކުރުމުގެ ތެރެއިން ޖުމްލަ 66.92 ގްރާމްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އޭގެ ތެރޭގައި ހިމެނެނީ 53.91 ގްރާމްގެ ބްރައުން ޝުގަރ އާއި 13.01 ގްރާމްގެ މެތަފެޓަމިން އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ މި ނެޓްވޯކް ހިންގުމުގައި އިސްކޮށް އުޅޭ ދެ މީހުން ކަމަށް ފުލުހުން ބުނެއެވެ. އެއީ ގއ. ވިލިނގިލި، އެތެންސް، މުޙައްމަދު ޢަޠޫފް ޙަބީބް (25އ) އާއި ގއ. ވިލިނގިލި، ދެތަޑިމާގެ، މުޙައްމަދު ރާއިފް ޙުސައިން (20އ) އެވެ.

މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުޙައްމަދު ޢަޠޫފް 15 ދުވަހަށް އަދި މުޙައްމަދު ރާއިފް 10 ދުވަހަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ހާމަކުރި ގޮތުގައި، މިއީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގައި ނާޖާއިޒު ފައިދާ ނަގައިގެން ބޭނުންކުރާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމަށާއި، ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން ކުޑަކުދިން އެކްސްޕްލޮއިޓްކުރުން ހުއްޓުވުމަށް ހިންގުނު މުހިންމު އޮޕަރޭޝަނެކެވެ. މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ކުށްތަކަށް ހުށަހެޅޭ ކުދިން އެކަމުން ސަލާމަތްކޮށް، މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށްވެސް ފުލުހުން ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *